ޢީދުގެ ހެޔޮ ދުޢާ އާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސް ޑރ.މުޢިއްޒު އަރިސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ޢީދުގެ ހެޔޮ ދުޢާ އާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސް ޑރ.މުޢިއްޒު އަރިސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮ ދުޢާ އާއި ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ "ބަރަކާތްތެރި ފިތުރު ޢީދުގެ ހެޔޮ ދުޢާ ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަން! ޢީދު މުބާރިކް!" މިފަދައިންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފުވެސް ވަނީ ފިޠުރު އީދުގެ ތަހުނިޔާ، ސޯޝަލް މީޑިއާގައި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އިސްލާމީ އުންމަތަށް އަރިސްކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ފިޠުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

 

މިއަދު އޮންލައިން