12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ޙަވާލުކޮށްފި

ރާއްޖޭގެ 12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. މިގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަޝްރޫޢުގެ ދަށުން އާރުޑީސީއާ ޙަވާލުކޮށްފައިވަނީ ނ. ކެނދިކުޅުދޫ އަދި ނ. ވެލިދޫގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތެވެ. ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ ށ. ފީވަށް، ނ. މާޅެންދޫ، ނ. ކުޑަފަރި، މ. ވޭވަށް އަދި މ. މަޑުއްވަރީގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތެވެ. އަދި އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ށ. ކޮމަންޑޫ، ނ. މަނަދޫ، ނ. ފޮއްދޫ އަދި ފ. ނިލަންދޫގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތެވެ.

ފެނަކައިގެފަރާތުން ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓެއާޑް މުޙައްމަދު ނަޖާޙްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓެއާޑް އަޙްމަދު ސައުދީއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓެއާޑް ޢަލީ ޒުހައިރު އެވެ.

މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާ އެވެ.

މި މަޝްރޫޢަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިއަދު އޮންލައިން