އީދު ދުވަހު ހަވީރު 4 އިން 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ!

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
އީދު ދުވަހު ހަވީރު 4 އިން 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ!

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ އީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ނިންމަވާފައެވެ.

މިއީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އަޅުއްވާ ފިޔަވަޅެކެވެ. މީގެ އިތުރުން، ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުންވެސް ވަނީ މަނާކުރައްވާފައެވެ.

ނަމަވެސް، މި ގަޑިތަކުގައި ވަކި ބާވަތްތަކެއްގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ އޮންނާނެއެވެ. މިގޮތުން:

• ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
• އެމްބިއުލެންސް
• ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
• ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައިވާ އުޅަނދު
• ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

މި ފިޔަވަޅުތައް އަޅުއްވާފައިވަނީ އީދު ދުވަހު މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށާއި، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އުޅެވޭނެ މާހައުލެއް ޤާއިމްކުރެއްވުމަށެވެ.

މިއަދު އޮންލައިން