ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ކަމުގައިވާ ބީއެމްއެލް އިސްލާމިކްއިން މިއަހަރުގެ ޢީދު ސައި ރާއްޖޭގެ 10 ރަށެއްގައި ބާއްވައިފިއެވެ.
ބީއެމްއެލް އިސްލާމިކްއިން މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެންނެވެ. މިގޮތުން ޢީދު ސައި ބޭއްވި ރަށްތަކުގެ ތެރޭގައި ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ. މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، ސ. ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫ ހިމެނެއެވެ.
މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ޢީދު ސައި ބޭއްވި ރަށްތަކުގެ އަދަދު އިތުރުވެފައިވާ އަހަރެކެވެ.
ފާއިތުވި އަހަރު ބީއެމްއެލް އިސްލާމިކްއިން ޢީދު ސައި ބާއްވާފައިވަނީ 6 ރަށެއްގައެވެ. މިއަހަރު ޢީދު ސައި ބޭއްވުނު ރަށްތަކުގެ އަދަދު 10 އަށް އިތުރުކޮށްފައިވަނީ ބޭންކުގެ އިސްލާމިކް ބޭންކިންގ ޚިދުމަތަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.