އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިންތަކެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިންތަކެއް: ރައީސް

އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދިންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓެއްގައި، "ކޮންމެ ދިވެހި ދަރިއަކީ ޤައުމަށް މުހިންމު، އަދި އަގުހުރި ދަރިއެއް" ކަމަށް ފާހަގަކުރައްވައި، އޯޓިޒަމް ތަހައްމަލުކުރާ ކުދިންނަކީވެސް ޤައުމަށް މަންފާކުރަނިވި ހުނަރުވެރި ކުދިންތަކެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށްވެސް އަޅާލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވައެވެ.

އޯޓިޒަމްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މިއަހަރުގެ ދުވަހުގެ ޝިޢާރަކީ، "އެޑްވާންސިންގ ނިއުރޯޑައިވަރސިޓީ އެންޑް ދަ ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" އެވެ.

މިއަދު އޮންލައިން