ރައީސް ޑރ. މުޢިއްޒުގެ ނިންމެވުމަށް ކޮންމެ ގޭބިސީއަކަށް މަސްކޭހެއް ބެހުން: 81 މިލިއަންރުފިޔާގެ އަގުބޮޑު ހަދިޔާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ރައީސް ޑރ. މުޢިއްޒުގެ ނިންމެވުމަށް ކޮންމެ ގޭބިސީއަކަށް މަސްކޭހެއް ބެހުން: 81 މިލިއަންރުފިޔާގެ އަގުބޮޑު ހަދިޔާއެއް!

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު، މިއަހަރުގެ ރަމަޟާން މަހުގެ ޖުމްލަ 111،231 ގޭބިސީއަށް ރޯދަ ހަދިޔާގެ ގޮތުގައި ބެހި މަސްދަޅު ކޭހަށް 81 މިލިއަންރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން މާލޭގެ 50،519 ގޭބިސީއަށާއި އަތޮޅުތަކުގެ 60،712 ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދީފައިވާިއރު ކޮންމެ ގޭބިސީއަކަށް 180 ގްރާމްގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ވަނީ ދީފައެވެ..

މި މަޝްރޫޢުގެ ދަށުން މިފްކޯއިން ކޮންމެ ކޭހަކަށް 30 ރުފިޔާގެ ޚާއްޞަ ޑިސްކައުންޓެއް ދީފައިވާއިރު، މުޅި މަޝްރޫޢުއަށް ސަރުކާރުން ޖުމްލަ 81،198،630 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ފުށް ބަސްތާ ބަހާފައެވެ. މި ހަދިޔާ ބެހުމުގެ މަސައްކަތް ކޮށްފައިވަނީ ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކުގައެވެ. 

މިއަދު އޮންލައިން