މާލޭގެ ހުރިހާ މަގުތަކެއް ހެދުމާއި، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުން ޔަޤީންކަމާއެކީގައި ފެށޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މާލޭގެ ހުރިހާ މަގުތަކެއް ހެދުމާއި، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުން ޔަޤީންކަމާއެކީގައި ފެށޭނެ: ރައީސް

ޗައިނާގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހެދުމާއި، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުން ޔަޤީންކަމާއެކު ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މިހާރު ޑިޒައިން މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވިލިމާލޭ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ޞިއްޙީ ޚިދުމަތް ރަނގަޅުވުން. އެހެންވީމާ، އެކަމަށް އަޅުގަނޑު އެންމެ އިސްކަމެއް ދިނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގައި އިތުރު ހޮސްޕިޓަލްތަކެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މީގެ ތެރޭގައި މާލޭގައި ކެންސަރ ހޮސްޕިޓަލަކާއި، ހުޅުމާލޭގައި ތެލެސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ހިމެނެއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުތައް އަމާޒުކުރެވިފައިވަނީ މާލެ ސަރަހައްދުގައި އެންމެ ގިނަ މީހުން ދިރިއުޅޭތީ، ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި މިކަމުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން