މާގޯހެއްނު! ޑައަޓްހަކުރު ބޭނުންކުރުމުން އިތުރަށް ކާހިތްވާކަން ދިރާސާތަކުން ދައްކައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާގޯހެއްނު! ޑައަޓްހަކުރު ބޭނުންކުރުމުން އިތުރަށް ކާހިތްވާކަން ދިރާސާތަކުން ދައްކައިފި!

މިހާރަކަށް އައިސް ހަކުރުބަލި ނުޖެހޭ މީހުންވެސް އެކި ބާވަތުގެ ޑައަޓް ހަކުރު ނުވަތަ ސްވީޓްނަރ ބޭނުންކުރެވެއެވެ. ބުއިމުގެ އިތުރުން ކާބޯތަކެތި ތައްޔާރުކުރަންވެސް ބޭނުންކުރެއެވެ. އަދި ޑައަޓް ހަކުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ސޮޑާގެ ބާވަތްތައްވެސް ބޭނުންކުރެއެވެ. ގިނަ މީހުން އެހަކުރު ބޭނުންކުރަނީ ފަލަވުން ހުއްޓުވުމަށާއި ހިކުމުގެ ބޭނުމުގައެވެ. 

ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި ޑައަޓް ހަކުރު ބޭނުންކުރާނަމަ ކައުމަށް ދަހިވެތިކަން އުފައްދައިދޭ ސިކުނޑީގެ ބައަށް ކުރާ އަސަރުގެ ސަބަބުން ގިނައިން ކާހިތްވެއެވެ. އެހެންކަމުން ހަށިގަނޑަށް މަދުވި ހަކުރުކޮޅުގެ ފައިދާ ހަށިގަނޑު ހިކުމަށް ގާތީ ނުފެނުމެވެ. 

އެެހންވެ ޞިއްޙީ މާހިރުން ލަފާދެއްވަނީ ހަކުރުބަލީގެ ސަބަބުން ކޮންމެހެން ބޭނުްނކުރަންޖެހިގެން ނޫނީ އެބާވަތުގެ ޑައަޓް ހަކުރު ބޭނުން ނުކުރުމަށެވެ. 

"ފޮނި ބުއިންތައް ނުއިމުގެ ބަދަލުގަ ބޭނުންކުރަންވީ އެއްވެސް ހަކުރެއް ނާޅާހުންނަ ސްޕާކްލިންގ ވޯޓާ. ދެން ބޯންވީ ހަކުރު ނާޅާ ހުންނަ ކޮފީޢާ ސައި. ޑައިޓް ހަކުރު ބޭނުންކުރުމަށްވުރެ މާ ފައިދާކުރާނެ. ޑަބްލިޔޫއެޗްއޯއިން 2023 ގައި ނެރުނު ގައިޑްލައިންގައިވެސް ބުނެފައި ހިކުމުގެ ބޭނުމުގައި ސުގާސަބްސިޓިޓިޔުޓް ބޭނުންކުރަން. ހިތުގެ މާހިރުންވެސް ބުނަނީ އެބާވަތުގެ ހަކުރު ބޭނުންކުރުމުން ހިކެން ކުރާނެ ފައިދާއެއް ފާހަގަކުރެވިފައި ނެތްކަމަށް!" 

ވީމާ ހަކުރުބަލި ނެތި، ހިކުމުގެ ބޭނުމުގައި ބޮޑު ޚަރަދުކޮށްގެން ޑައިބެޓިކް ހަކުރު ކެއުމަކުން ބޭނުންވެގެން ތިއަ އުޅޭ މަޤްޞަދު ޙާޞިލްކުރެވޭކަށް ނުތެވެ.

 

މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން