ބައިނަލްއަޤްވާމީ 44 އެއަރލައިނަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބައިނަލްއަޤްވާމީ 44 އެއަރލައިނަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުން 44 އެއަރލައިނަކުން ދަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މި އެއަރލައިންތަކުގެ ތެރޭގައި ޔޫރަޕް، މެދުއިރުމަތި އަދި އޭޝިއާ ސަރަހައްދުގެ އެއަރލައިންތައް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 647،677 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.2 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިހާރުވެސް ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއް (69.4%) ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އެއީ 449،382 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ 162،928 (25.2%) ފަތުރުވެރިންނެވެ. މީގެއިތުރުން ހޮޓާތަކުގައި 18،879 (2.9%) އަދި ސަފާރީ އުޅަނދުތަކުގައި 16،041 (2.5%) ފަތުރުވެރިން ވަނީ މިއަހަރު ޗުއްޓީ ހޭދަކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 75،135 (11.6%) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން 68،375 (10.6%) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއަދު އޮންލައިން