އައިޔޫއެމް އިން ޗަންޑިގަރް ޔުނިވާސިޓީއަށް ޒިޔާރަތްކޮއްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
އައިޔޫއެމް އިން ޗަންޑިގަރް ޔުނިވާސިޓީއަށް ޒިޔާރަތްކޮއްފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފަރާތުން އިންޑިޔާގެ ޗަންޑިގަރް ޔުނިވާސިޓީގައި ކުރިއަށްދާ އިންޓަރނޭޝަނަލް ފެކަލްޓީ އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ޔުނިވާސިޓީއަށް ޒިޔާރަތްކޮށްފައެވެ.

އައިޔޫއެމްގެ މުވައްޒަފުން ބައިވެރިވާ މި އެކްސްޗޭންޖް ޕްރޮގްރާމަކީ މުވައްޒަފުން އިތުރަށް ތަމްރީނުވެ، ހުނަރުތައް ތަރައްޤީކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ. އެގޮތުން، އައިޔޫއެމްގެ ފަރާތުން ފޯރުކޮއްދޭ މަތީ ތަޢުލީމާއި ތަމްރީނުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މި އެކްސްޗޭންޖް ޕްރޮގްރާމްގައި މަޝްވަރާކުރެވިފައެވެ.

އައިޔޫއެމް އިން އިންޑިޔާއަށް ކުރި މި ދަތުރުގައި، އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމުގެ އިތުރުން "އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް ސަސްޓެއިނަބިލިޓީ"ގެ ނަމުގައި ކުރިއަށްދާ ދެވަނަ ކޮންފަރެންސްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން