މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 9 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި މަސް ކިރުވާފައިވަނީ 101 ދޯންޏަކުންނެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، ފިޠުރު ޢީދު އަދި 6 ރޯދައިގެ ދުވަސްތަކާ ދިމާވުމާ ގުޅިގެން މަހަށް ނުކުތް ދޯނިތަކުގެ އަދަދު ވަނީ މަދުވެފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ދަށްވުމެކެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނަ މަސް ކިރުވާފައިވަނީ އޭޕްރީލް 4 ވަނަ ދުވަހުއެވެ. އެދުވަހު 37 ދޯންޏަކުން މަސް ކިރުވުމަށްފަހު، އެ ދޯނިތަކަށް ޖުމްލަ 4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާ ގޮތުގައި، މިދިޔަ ހަފްތާއާ އަޅާބަލާއިރު އޭގެ ކުރީ ހަފްތާގައި މާ ގިނަ ދޯނިތަކަކުން މަސް ކިރުވާފައިވެއެވެ. އެގޮތުން އޭގެ ކުރީ ހަފްތާގައި 177 ދޯންޏަކުން މަސް ކިރުވުމަށްފަހު، އެ ދޯނިތަކަށް ޖުމްލަ 11.9 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.