ފެނަކައިން މާވަށަށް 800 ކިލޯ ވޮޓުގެ އައު އިންޖީނެއް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ފެނަކައިން މާވަށަށް 800 ކިލޯ ވޮޓުގެ އައު އިންޖީނެއް ގެންގޮސްފި

ލ. މާވަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން 800 ކިލޯ ވޮޓުގެ އައު އިންޖީނެއް އެރަށަށް ގެންގޮސްފިއެވެ. މިއީ އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ފެނަކަ ކޯޕަރޭޝަނުން މިކަން އިއުލާނުކުރަމުން ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް، 800ކވ ގެ އައު އިންޖީނެއް އެރަށަށް ގެންދެވިފައިވާކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، އައު އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ.

ލ. މާވަށަކީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުން ކަމަށްވާއިރު، މި އައު އިންޖީނާއެކު އެރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އިތުރު ޔަގީންކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

 

.

މިއަދު އޮންލައިން