ހަނިމާދޫ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކުރިޔަށްގެންދިޔުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 37ސ
ހަނިމާދޫ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކުރިޔަށްގެންދިޔުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފި

ހދ. ހަނިމާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ.

 

ހަނިމާދޫގައި އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ އެއްބަސްވުން ބާތިލްކޮށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

 

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން