ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު އިތުރުކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު މިހާރުވަނީ 15 އެޕްރިލް 2025 އާއި ހަމައަށް އިތުރުކުރެވިފައެވެ. ތަކެތި ބައިވެރިކުރުމަށް އީފާސް އިން ލޮގިންކުރައްވައިގެން ވަންގަވްގައި މިކަމަށް ހާއްސަކުރެވިފައިވާ ފޯމް https://one.gov.mv/services/mauraz  ފުރިހަމަ ކުރައްވަން ޖެހޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މަޢުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މަޢުރަޒެކެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި އަދި ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށްވެސް މުނިފޫހިފިލުވުމުގެ ގޮތުން ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް މި މައުރަޒާއިއެކު ކުރިއަށް ދާނެއެވެ. އަދި މީގެއިތުރުން އީޖާދީ ގޮތުން ކުރިއަރާފައިވާ ބޭރުގެ ގިނަ ގައުމުތަކުގެ އުފެއްދުންތައް މި މައުރަޒުގެ އެކި ޑިސްޓްރިކްޓްތަކުން ފެނިގެން ދާނެއެވެ. 

މިއަހަރު މެއި މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވެބްސައިޓް އިފްތިތާހްކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. 

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން