މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ޑިރެކްޓަރ ޖެނެރަލެއް އައްޔަންކުރުމަށް އިޢުލާނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ޑިރެކްޓަރ ޖެނެރަލެއް އައްޔަންކުރުމަށް އިޢުލާނުކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އަށް ޑިރެކްޓަރ ޖެނެރަލެއް އައްޔަންކުރުމަށްޓަކައި މިއަދު އިޢުލާނުކޮށްފިއެވެ. މި އިޢުލާނު ކުރެވިފައިވަނީ ތެލަސީމިއާ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކުރިމަތިލެވޭނެއެވެ. މީގެ އިތުރުން، އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން ލާޒިމެވެ.

އަދި ހަމައެހެންމެ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް މި މަޤާމަށް ކުރިމަތިލެވޭނެއެވެ. މި ޙާލަތުގައިވެސް، އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން ޝަރުތު ކުރެވިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ނިންމަވާފައެވެ. 

 

މިއަދު އޮންލައިން