ސްކޫލްތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ރައީސް މުޢިއްޒު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސްކޫލްތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ރައީސް މުޢިއްޒު

ރާއްޖޭގެ ސްކޫލްތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންް ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައެވެ. މި އެޕިސޯޑް ޚާއްޞަކޮށްފައިވަނީ ތަޢުލީމީ ދާއިރާއަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިވަގުތު ސަރުކާރުގެ ސްކޫލްތަކުގައި 3740 ކްލާސްރޫމް ހުރެއެވެ. އަދި މިހާރުވެސް އެކި ސްކޫލްތަކަށް 531 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، 44 މަލްޓިޕާޕަސް ހޯލް އަދި 19 ސައިންސް ލެބް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، 10 ރަށެއްގައި ލައިބްރަރީ ތަރައްޤީކުރުމުގެ މަސައްކަތާއި، 6 ރަށެއްގައި ކޮމްޕިއުޓަރ ލެބް އަދި 24 ސްޓާފް ރޫމް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި، ޖާގަ އިތުރުކުރުމުގެ މަސައްކަތާއި އައު ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން