އެއަރ އެމްބިއިލާންސްގައި މިހާތަނަށް 1،072 ބަލިމީހުން އުފުލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެއަރ އެމްބިއިލާންސްގައި މިހާތަނަށް 1،072 ބަލިމީހުން އުފުލައިފި

މިދިޔަ އަހަރުގެ އަހަރުގެ މާޗު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެއާ އެމްބިއުލާންސްގައި 1،072 ބަލިމީހުން އުފުލާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި މުއްދަތުގައި 899 ދަތުރުކޮށްފައިވާ ކަމަށެވެ.

މިއީ ސިއްހީ ދާއިރާއަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ނިޒާމުގެ ތެރެއިން ކުރެވުނު އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއަރ އެމްބިއުލާންސް ގެ ޚިިދުމަތް ރަނގަޅުކޮށް އިތުރަށް ފުޅާ ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ.އެގޮތުން މިއަހަރު ފަހުކޮޅު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން މިދާއރާއަށް ބޭނުންވާ ފަރާތްތަށް ޚާއްޞަ ތަމްރީންތައް އިއުލާން ކުރެވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފަންނީ މީހުން ތަމްރީނުކުރުމަށް ގައުމީ ޔުނިވާސިޓީއާއެކު މިހާރު އެއްބަސްވުމެއް ގާއިމުކުރެވި، އެ މަސައްކަތްކުރުމަށް ކެބިނެޓުގެ އިޖުތިމާއީ ކޮމެޓީގެ ރުހުން ވެސް ލިބިފައިވާކަމަށެވެ.

"މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން މިދާއިރާގެ މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުތަކެއް ހިންގުމަށް ސޯޝަލް ކައުންސިލުގެ ހުއްދަ ލިބި ނިންމުންތައް ނިމި އެ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. ކަަންކަން ތަރުތީބުކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ މި އަހަރުގެ ފަހުކޮޅު ހުޅުވައިލާ ކޯސްތަކުގެ ތެރޭގައި މި ދާއިރާގެ ކޯސްތައް ހިމެނޭނެ،" މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން