ބޭސް ނުލިބުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ބޭސް ނުލިބުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ: މިނިސްޓަރ

ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރަން އަޅަމުން އަންނަ ފިޔަވަޅުތަކުން ހައްލު ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ބޭހުގެ ކަންކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން އަންނަ ކަމަށެވެ.

ބޭހުގެ ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ޒިންމާދާރު ކުރެވި، އެމްއެފްޑީއޭގެ ނިޒާމް ހަރުދަނާކުރެވި ބޭހުގެ ކަންކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް." މިނިސްޓަރ ވިދާޅުވި އެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން