ތިބާއަށް ކުރިމަތިވީ އިމްތިޙާނެއް ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ކޯފާއެއް ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއަށް ކުރިމަތިވީ އިމްތިޙާނެއް ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ކޯފާއެއް ހެއްޔެވެ؟: މުފްތީ މެންކް

އަހުރެމެންގެ އަމިއްލަ ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުން ލަސްކުރެވިދާނެއެވެ. އެކަމުގައި އޮތީ އެމީހަކު ނިންމާނެ ގޮތެކެވެ. ނަމަވެސް ލަސްކޮށްގެން ނުވާނެ ކަމެއް އެބަ އޮތެވެ. އެއީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ކެތްތެރިވާން މަސައްކަތްކުރުމާއި ތައުބާވުމެވެ. ދެން އަޑުއަހާށެވެ!

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް އމީހަކު ބޭނުން ގޮތަކަށް އުޅުމަށް ވަގުތު ދެއްވަވާނެތެވެ. އެވަގުތު ހަމަވުމުން ހިއްޕަވާނެތެވެ. ﷲ ތަޢާލާގެ ކޯފާ އައިސް އެމީހަކާއި އަރައި ހަމަކުރާނެތެވެ. އެހިސާބުން ދެން އެމީހަކަށް ސަލާމަތެއް ނުވެވޭނެތެވެ. ވީމާ މުޞީބާތްތައް ކުރިމަތިނުވުމަށް އެދޭ މީހާ ތައުބާވުމަށް އަވަސްވެގަންނާށެވެ!

މީހަކަށް މުޞީބާތެއް ކުރިމަތިވުމުން ތިމާއަށް ކުރިމަތިމިވީ ﷲ ތަޢާލާގެ ކޯފާކަން އެނގޭނެ ގޮތަކާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އެއީ 100 އިންސައްތަ ޖަވާބު ދިމާކުރެވޭނެ ސުވާލެއް ނޫނެވެ. ނަމަވެސް ވިސްނައިލުން މުހިންމު ބައެއް ކަންކަން އެބަހުއްޓެވެ.

ތިމާއަށް ކުރިމަތިކުރެއްވެވި މުޞީބާތަކީ ކޯފާއެއްކަން ނުވަތަ ނޫންކަން ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ.

އިމްތިޙާނެއްގެ ގޮތުގައި ކަމެއް ކުރިމަތިކުރެއްވެވުމުން ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލްކޮށް އެހައި ބޮޑަށް ކަންބޮޑުނުވެ ކެތްތެރިވެވިއްޖެނަމަ އެއީ އިމްތިޙާނެކެވެ. ލެއްވެވި ރަޙްމަތެކެވެ. ކެތްތެރި ނުވެވި އެކަމަށް ކަންބޮޑުވެ ތެޅިފޮޅި، އެމީހާގެ ނަފްސް ހަލާކާއި ގެއްލުމުގެ ތެރެއަށް ވައްޓައިލެވޭނަމަ އެކަންވުން ގާތީ ޢަޛާބަކަށެވެ. އެހެނީ ﷲ ތަޢާލާގެ ކޯފާއަށް ކެތްކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެތީއެވެ.

"ތިމަން ﷲ އެމީހަކު ހިއްޕަވައިފިނަމަ ދޫނުކުރައްވަވާނެ" ކަމަށް އޮތް ވަޙީބަސްފުޅަށް ބިރުވެތިވާށެވެ!

މިޙާލަތު މެދުވެރިކުރައްވަވާނީ ކުރިން ބުނި ބުނި ދެގޮތުން ކުރެ ގޮތެއް މެދުވެރިވުމުންނެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމުގައި ހައްދުފަހަނައަޅައި ދިއުމުންނެވެ. ފާފަކުރުން ގިނަވުމެވެ. ކުރުމަށް އަމުރުފުޅު ކުރެއްވެވި ކަންކަން ނުކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން