އިސްތިއުފާރުކުތުމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އިސްތިއުފާރުކުތުމަކީ ކޮބާ؟

އިސްތިޣްފާރުކުރުމަކީ ކުރަން އެންމެ ފަސޭހަ އެއް ކަންތަކެވެ. އިސްތިޣްފާރުކުރަން ވުޟޫކުރުން ފަދަ ކަމެއް ކުރާކަށްވެސް ނުޖެހޭނެއެވެ. އަދި އެއީ ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަޤުތަކުވެސް ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ގިނަ ބައަކު އެކަމަށް އިހްމާލުވެއެވެ. 

އިސްތިޣްފާރުކުރުން ގިނަ ކުރުމަކީ އެމީހަކަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވަވާ ކަމެކެވެ. އެދޭ ކަންކަން ޙާޞިލުވުން އެދިގެންވެސް ކުރަން އޮތް ކަމެކެވެ. އަދި އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެކެވެ. ވީމާ އިސްތިޣްފާރުކުރުން ގިނަކުރުމަކީ އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ އެއް ކަންތަކެވެ! 

އިސްތިއުފާރުކުތުމަކީ ކޮބާ؟ 

އިސްތިޣުފާރު ކުރުމަކީ ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. އިސްތިޣުފާރު ކުރުމުގައި ވަކި ޚާއްޞަ ބަހަކުން ކުރުމެއް ނެތެވެ. އެމީހެއްގެ އަމިއްލަބަހުން ވެސް "މިއަޅާގެފާފަ ފުއްސަވާފާންދޭވެ" މިހެން ކިޔުމަކުން މައްސަލަ އެއް ނެތެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުވާލަކު ސަތޭކަ ފަހަރު އިސްތިޣުފާރު ކުރައްވާ ކަމަށްވެއެވެ. 

އިތުރު ސުވާލެއް: 

އަޅުގަނޑުރައްޓެއްސެއްގެ މަންމައަކީ މީހުން ބުނާގޮތުގައި ފަންޑިތަ ހަދާ މީހެކެވެ. ރަޙްމަތްތެރިޔާގެ ދެކުދިން އެކުދިންގެ މާމަ ކައިރިއަށް ޒިޔާރަތްކުރާދުވަހަކުވިއްޔާ ވަރަށް ރޮއެހަދައެވެ. ޚާއްޞަކޮށް ދެނަމާދު ދޭތެރޭ ރޮއެހަޅޭއްލަވާ ހަދައެވެ. މިހެން މިކުދިންނަށް ވަނީ ކޮންމެ ފަހަރަކުވެސް މާމަޔާއި ބައްދަލުކުރުމުންނެވެ. ވީމާ މިކަމަށް އަޅާނެ ފިޔަވަޅެއް ބުނެދެއްވާށެވެ. 

الحمد لله، والصلاة والسلام على من لا نبي بعده،

މީހުން ދައްކާ ތޯތޯ ވާހަކަ އަކުން އެހެން މީހެއްގެ މައްޗަށް ކުށެއް ޘާބިތެއް ނުވާނެއެވެ. އިންސާނެއްގެ ބޮލުގައި ތިފަދަ ބޮޑު އިލްޒާމެއް އަޅުވަންވާނީ ފުރިހަމަ ހެކި ލިބިގެންނެވެ. އެހެންކަމުން، ރަޙްމަތްތެރިޔާގެ މަންމަ އަކީ ސުވާލުގައިވާފަދަ ނުބައި ކަމަކަށް އަރައިގަންނަ މީހެއް ކަމަށް ވަނީނަމަ، މަންމަ އަށް ނަޞޭޙަތްދީ ހެޔޮމަގަށް އެޅުވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެއެވެ. 

ދަރިންނަށްޓަކައި މައިންބަފައިން ގެ ހެޔޮ ދުޢާ އަކީ ވަރަށްވެސް މުހިއްމު އެއްޗެކެވެ. އެހެންކަމުން، ދަރިންގެ ކިބައިން އުނދަގުލެއް ފެނިއްޖެނަމަ، އެކަމެއް ފަސޭހާކޮށްދެއްވުން އެދި ހެޔޮ ދުޢާކޮށް ދޭށެވެ. ދިވެހި ބަހުން ދުޢާ ކުރިނަމަވެސް މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން