ހެޔޮ ވިސްނުމެއް ލިބުން އެދިގެން ކުރަން އެންމެ ފައިދާހުރި ކަމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހެޔޮ ވިސްނުމެއް ލިބުން އެދިގެން ކުރަން އެންމެ ފައިދާހުރި ކަމަކީ ކޮބާ؟

ހެޔޮ ވިސްނުމެއް ލިބުން އެދިގެން ކުރަން އެންމެ ފައިދާހުރި ކަމަކީ ކޮބާ؟ 

އިންސާނުންނަށް ބޭނުންވާ ކުރިއެރުން ނުވަތަ ކާމިޔާބީ ޙާޞިލުކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ހެޔޮ ވިސްނުމެވެ. މިޘާލަކަށް ބުނާނަމަ އެކަމެއް އެންމެ ރަނގަޅު ގޮތުގައި، އެންމެ އަވަހަށް ކާމިޔާބުކުރެވޭނެ މަގު ވިސްނުމެވެ. 

ފުރަތަމަ ކަމަކަށް އިސްލާމް ދީން ނަގާށެވެ! އިސްލާމް ދީނުގައި ޘާބިތުވެ ހުރުމަށްވެސް އެންމެ ބޮޑަށް ބޭނުންވަނީ ހެޔޮ މަގު ވިސްނުމެވެ. ހެޔޮ މަގުގައި ކުރިއަށްދެވޭނީ ހެޔޮ ވިސްނުން ލިބިގެންކަމަށްވާތީއެވެ. ދެން ތިމާ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަމަށް ބެލިނަމަވެސް އެއްވެސް ތަފާތެއް ނެތެވެ. ކާމިޔާބީ އާއިހަމައަށް ވާޞިލުވެވޭނީ ހެޔޮ ވިސްނުން ލިބިގެންކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ. 

ދެން ބަލައިލަންވީ ހެޔޮ ވިސްނުން އެމީހަކަށް ލިބޭނެ ގޮތަކީ ކޮބައިތޯއެވެ؟ ޖަވާބަކީ: 

"އިޚްލާސްތެރި ހިތަކާއިގެން އިސްލާމް ދީން އުނގެނެން މަސައްކަތްކޮށްފިނަމަ ބޭނުންވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބޭނެއެވެ. ހެޔޮ ވިސްނުމަކުން އިސްލާމްދީނާއިމެދު ވިސްނައިފިނަމަ ސިކުނޑިން ހިތަށް (ނުވަތަ ހިތުން ސިކުނޑިއަށް) ފޮނުވައިދޭނީ ހުސް ރަނގަޅު ކަންކަމެވެ." 

ވީމާ ކޮންމެ މީހަކުވެސް ވާންވީ އެންމެ ހެޔޮ ވިސްނުމުން އިސްލާމްދީނާއިމެދު ވިސްނާ މީހަކަށެވެ. އެއިރުން އިސްލާމް ދީނާއިމެދު ހިތުގައި އުފެދޭ ޝައްކުތައް ފިލައިގެންދާނެއެވެ. އަދި އެމީހާ ކުރަން ބޭނުންވާ ކަންކަން ކުރަން އެންމެ ފައިދާހުރި މަގުވެސް ދައްކަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން