ކައިވެންޏަކީ ލޯތްބަށްވުރެ މާބޮޑު އެއްޗެކެވެ!: ޑރ. ނުޢްމާން އަލީ ޚާން

ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެންޏަކީ ލޯތްބަށްވުރެ މާބޮޑު އެއްޗެކެވެ!: ޑރ. ނުޢްމާން އަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ 

 

ކައިވެނީގެ މަޤްޞަދަކީ މީހަކާއެކު ދިރިއުޅުން ލިބުމެވެ. ކައިވެނީގެ ސަބަބުން އެހެން މީހަކާ ތިބާއަށް ނުދެއްކޭ ވާހަކަތައް ދެއްކޭނެ މީހެއް ލިބިގެންދާނެއެވެ. އެއީ ކައިވެނީގެ މަޤްޞަދެވެ. އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައިވެސް އައިސްފައިވާ ގޮތެވެ. މިއީ ދައްކަން ވަރަށް ފަސޭހަ ވާހަކަތަކެވެ. 

އަޅުގަނޑަށް ވަރަށް ޒުވާން ކުއްޖަކާ ދިމާވިއެވެ. އެކުއްޖާ މާޝާ ﷲ ކިޔެވުން ވެސް ވަރަށް ރަނގަޅެވެ. ފުލް ޓައިމް ވަޒީފާއެއް އޮވެއެވެ. އެކުއްޖާ އަމިއްލައަށް އަމިއްލަ ޒިންމާތައް ނެގެއެވެ. ނަމަވެސް 20 އަހަރު ނުވަނީސް ކައިވެނި ކުރިއެވެ. އަޅުގަނޑު އެކުއްޖާ އާއި މެދު ފަޚްރުވެރިވެއެވެ. އެއީ އޭނާ ކުރީ ވަރަށް ރަނގަޅު ކަމެކެވެ. 

ކައިވެނި ކުރުމަށްފަހު މަސްތަކެއް ވޭތުވުމަށްފަހު އަނެއްކާވެސް އެކުއްޖާ އާއި ދިމާވިއެވެ. އަދި އެކުއްޖާ ކައިރި ކައިވެނި ކޮށްގެން ދިރިއުޅުން ކިހިނެއްތޯ ސުވާލުކޮށްލީމެވެ. ނަމަވެސް އެކުއްޖާގެ މިފަހަރު ޖަވާބު ދިނީ ތަފާތުކޮށެވެ. އޭނާގެ ބޮލުގައި ކައިވެނީގެ ކަންކަން ހިނގާނެ ގޮތުގެ ފޮޓޯއެއް ހިނގާނެ ގޮތް ތަސްވީރުކުރެވިފައިވެއެވެ. ނަމަވެސް ކައިވެނި ކޮށްގެން އުޅޭ އެހެން މީހުންނަށް ބަލާލިޔަސް ކަން ހިނގަނީ އެހެންނެއްނޫނެވެ.

އެމީހުން އަބަދުވެސް ހަނގުރާމަކުރުމާއި ނުވަތަ ޖަދަލުކުރުމާއި ނުވަތަ އަބަދުވެސް ކަންކަމާ ވިސްނާ ހާސްވެފައި ހުރެއެވެ. އަދި ރިލޭޝަންޝިޕެއްގައި އުޅެން ނޭނގެއެވެ. 

މައްސަލައަކީ ތިބާއަށް އެކަހަލަ އިތުބާރެއް އުފައްދައި، އެކަހަލަ ގުޅުމެއް އުފައްދައިނުދެވިދާނެއެވެ. އަދި ތިބާއަށް ދިމާވާ އެންމެ ބޮޑު މައްސަލައިގެ ވާހަކަ މީހުން ކައިރީ ދެއްކުމެވެ.

- ޑރ. ނުޢްމާން އަލީ ޚާން

 

 

މިއަދު އޮންލައިން