މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސަކު ދަރިވަރުންނަށް ނުދެއްވާ ވަރަށް ސަމާލުކަން ދެއްވުމުން ދަރިވަރުންގެ އެންމެ ބޮޑު ބައްޕައަކަށް ރައީސް ޑރ. މުޢިއްޒު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސަކު ދަރިވަރުންނަށް ނުދެއްވާ ވަރަށް ސަމާލުކަން ދެއްވުމުން ދަރިވަރުންގެ އެންމެ ބޮޑު ބައްޕައަކަށް ރައީސް ޑރ. މުޢިއްޒު!

"ތެލާއި ކާޑަށް ފައިސާ ދެއްކުމަށްވުރެވެސް އިސްކަމެއް ދޭނެ ފިނޭންސް މިނިސްޓްރީގައި އައިސްފައި އޮތް ޕެންޑިންގ ރިކުއެސްޓެއް، ލޯން ނޫނީ ސްކޮލަރޝިޕްގައި ކިޔަވާ ކުއްޖެއްގެ ޕޭމެންޓެއް އޮވެއްޖިއްޔާ. އެ ދޫކޮށްފައި ތެލަށްވެސް ކާޑަށްވެސް މިހާރު ޕޭ ކުރާނީ" – ރައީސުލްޖުމްހޫރިއްޔާ 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ މިބަސްފުޅާއިއެކު ދަރިވަރުންގެ ހިތްތައް ވަނީ އުފަލާއި އުންމީދުން ފުރިފައެވެ. އެއީ ސަރުކާރުގެ ލޯނު އެހީގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް އެމަނިކުފާނުގެ ސަރުކާރުން މިހައި ބޮޑު ސަމާލުކަމެއް ދެއްވާކަން ހާމަކުރެއްވުމުންނެވެ.

ރައީސް ޑރ. މުޢިއްޒުގެ ބަސްފުޅުގައި އެވަނީ އެވަރުގެ ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަކަށް ނޫނެވެ. އެކަން މިހާރުވެސް އެގޮތަށް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށެވެ! ވީމާ މިބަސްފުޅުން އުފާވެރިކަން ލިބެނީ ސަރުކާރުގެ ލޯނުއެހީގައި މިހާރުކިޔަވަމުން އަންނަ ދަރިވަރުންނަށް އެކަންޏެއް ނޫނެވެ. ކުސްތަޤްބަލުގައި ކިޔަވަން ތިބި ދަރިވަރުންނަށްވެސް އުފާވެރިކަން ލިބިގެންދެއެވެ.  

ތެލާއި ކާޑަކީ ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ޚިދުމަތަކަށްވާއިރު ރައީސްގެ ބަސްފުޅުން އެނގިގެން މިދަނީ ދަރިވަރުންގެ ތަޢުލީމަށް އެމަނިކުފާނު ދެއްވަވާ އަހައްމިއްޔަތުކަމެވެ. މިއީ މީގެ ކރިން ރައީސްކަން ކުރެއްވި އެއްވެސް ރައީސެއްގެ ކިބައިން ފެނިފައިވާ ކަމެއް ނޫނެވެ.  

ތެލާއި ކާޑަށް ފައިސާ ދެއްކުމަށްވުރެވެސް އިސްކަމެއް ދޭނެ ފިނޭންސް މިނިސްޓްރީގައި އައިސްފައި އޮތް ޕެންޑިންގ ރިކުއެސްޓެއް، ލޯން ނޫނީ ސްކޮލަރޝިޕްގައި ކިޔަވާ ކުއްޖެއްގެ ޕޭމެންޓެއް އޮވެއްޖިއްޔާ. އެ ދޫކޮށްފައި ތެލަށްވެސް ކާޑަށްވެސް މިހާރު ޕޭ ކުރާނީ - ރައީސުލްޖުމްހޫރިއްޔާ pic.twitter.com/6lyTca7rmU

April 10, 2025

މިއަދު އޮންލައިން