މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން "ތައްޔާރުވަމާ" ވޯކްޝޮޕް މިމަހު ބާއްވަން ނިންމައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 17:30އަށެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ.
ހަބަރު: ސަރުކާރު