އިސްރަށްވެހިންގެ ނާދީގެ "ހަފްތާ ކަލަންޑަރ" އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
އިސްރަށްވެހިންގެ ނާދީގެ "ހަފްތާ ކަލަންޑަރ" އާންމުކޮށްފި

2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުން އޭޕްރިލް 19 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

މިގޮތުން 13 އޭޕްރިލް ވާ އާދިއްތަ ދުވަހުގެ 11:30 އިން 12:30 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. ހަމައެއާއެކު، އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމް އެދުވަހުގެ 16:00 އިން 17:00 އަށް، އަދި ލުއި ކަސްރަތު ކްލާސް 17:00 އިން 18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.

14 އޭޕްރިލް ވާ ހޯމަ ދުވަހުގެ 15:30 އިން 16:30 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ނާދީ މެންބަރުންގެ ޅެން، ބަނދި އަދި ރައިވަރު ހުށަހެޅުން ހޯމަ ދުވަހުގެ 16:00އިން 18:00 އަށް ކުރިއަށްގެންދެވޭނެއެވެ.

15 އޭޕްރިލް ވާ އަންގާރަ ދުވަހުގެ 11:30އިން 12:30 އަށް ވެސް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. އަދި 14:00އިން 15:30 އަށް ހޭންޑިކްރާފްޓް ކްލާހާއި، 16:00 އިން 17:00 އަށް ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ.

އެއަށްފަހު، ހަފްތާގެ ބުދަ ދުވަހުގެ ހަވީރު 15:30 އިން 16:30 އަށް ޤުރުއާން ކްލާސް، އަދި 16:10އިން 16:40 އަށް އިސްރަށްވެހިންގެ ބައްދަލުވުން، އަދި 16:40 އިން 17:15 އަށް ހަފްތާ ސައި ކުރިއަށް އޮންނާނެއެވެ. ބުދަ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން، 17:30 އިން 18:15 އަށް އޮންނާނީ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ނާދީ މެންބަރުންގެ ޅެން، ބަނދި އަދި ރައިވަރު ހުށަހެޅުމެވެ.

ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ 10:00 އިން 11:00 އަށް، އިސްރަށްވެހިންނަށް ޚާއްސަ "ގޯލްޑް" ކަސްރަތު ޕްރޮގްރާމް އޮންނާނެއެވެ. އަދި 16:15އިން 17:30 އަށް ދުވަސްވީ އުމުރުފުރައިގެ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކާއި ގުޅޭ ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން