ލަގްޒަމްބާރގގެ ލޭބަރ މިނިސްޓަރާއި މިނިސްޓަރ ޑރ.ޢަލީ ޙައިދަރު ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ލަގްޒަމްބާރގގެ ލޭބަރ މިނިސްޓަރާއި މިނިސްޓަރ ޑރ.ޢަލީ ޙައިދަރު ބައްދަލުކުރައްވައިފި

ލަގްޒަމްބާރގގައި ކުރިއަށްދާ"ގްލޯބަލް ގަވަރމަންޓް ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހަޢިދަރު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ލަގްޒަމްބާރގގެ މިނިސްޓަރ އޮފް ލޭބަރ، ހިޒް އެކްސެލެންސީ، ޖޯރޖް މީޝޯއާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، ދެ ދަޢުލަތުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ދެ ފަރާތުގެ މަސްލަހަތު ހިމެނޭހެން ގުޅިގެން އެކި މަސައްކަތްތަށް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، ދިވެހި ދަރިވަރުންނަށް ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވެ، ލަގްޒަމްބާރގގައި މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލައި، ލަގްޒަމްބާރގގެ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ރިސޯޓްތަކުގައި ތަމްރީނު ހާޞިލުކޮށް، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެކި ޤައުމުގެ އިސްބޭފުޅުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކަކި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ފަހިކޮއްދިނުމުގެ އިތުރުން ދިވެހިރާއްޖެ އިން ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުން ތަކެކެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން