ހިއުމަން ކޭޕަބިލިޓީ އިނީޝިއޭޓިވް ޕްރޮގްރާމްގައި މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހިއުމަން ކޭޕަބިލިޓީ އިނީޝިއޭޓިވް ޕްރޮގްރާމްގައި މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބައިވެރިވެއްޖެ

ސަޢުދީ އަރަބިޔާގެ ރިޔާދުގައި ކުރިޔަށްދިޔަ ހިއުމަން ކޭޕަބިލިޓީ އިނީޝިއޭޓިވް 2025 (އެޗްސީއައި) ޕްރޮގްރާމްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

އެޗްއައިސީ ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ވަޞީލަތްތަށް ކުރިއެރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު، އިސް ބޭފުޅުން ބައިވެރިވެ، އިންސާނީ ވަޞީލަތްތަށް ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކުގެ އިތުރުން އެ ވަޞީލަތްތަށް ކުރިއެރުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. އެގޮތުން، މުސްތަޤްބަލުގައި ތަޢުލީމާއި، ޓެކްނޮލެޖީގެ އިތުރުން މަސައްކަތުގެ މައިދާނަށް އައުން އެކަށީގެންވާ ބަދަލުތަކުގެ މައްޗަށް މި ޕްރޮގްރާމްގައި ވަނީ އަލިއަޅުވާލައިފައެވެ.

މި ފޯރަމުގައި، ސްޓޭޓް މިނިސްޓަރ ޝަފީޢު ވަނީ "އެކްޓިވޭޓިންގ އެންޑް އެކްސްޕެންޑިންގ ހިއުމަން ޕްޓެންޝިއަލް: ފްރޮމް ޕްރިޕަރޭޝަން ޓު ބިޔޯންޑް ރެޑިނެސް"ގެ ނަމުގައި ކުރިއަށްދިޔަ އޯޕަން ޕެނަލްގައި ވާހަކަދައްކަވައި، އެމަނިކުފާނުގެ މަޢުލުމާތާއި ތަޖުރިބާ ޙިއްސާކުރައްވައިފައެވެ.

13 އޭޕްރިލް އިން ފެށިގެން 16 އޭޕްރިލް އާއި ހަމައަށް ކުރިއަށް ދިޔަ މި ފޯރަމުގައި، ޕޮލިސީ ހެދުމާއި ތަޢުލީމީ ދާއިރާއާއި ވިޔަފާރިއާއި ގުޅޭ ދާއިރާތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި، އެކި ޤައުމުތަކުގެ 300 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން