4000 ފްލެޓް ލިސްޓާ ގުޅިގެން 2000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
4000 ފްލެޓް ލިސްޓާ ގުޅިގެން 2000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށައަޅައިފި

ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 4000 ފްލެޓް ލިސްޓާ ގުޅިގެން މިހާތަނަށް 2000އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށައަޅާފައިވެއެވެ. 

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މިހާތަނަށް ވަރަށް ގިނަ ޝަކުވާ ލިސްޓަށް ލިބިފައިވާ ކަމަށެވެ. އަދި ފޯމުތައް ލިބެމުންދިޔަވަރަކަށް، އެ ފޯމުތައް ރިވިއުކޮށް މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"2000އާއި ގާތްކުރާ އަދަދަކަށް ޝަކުވާ ވަނީ ލިބިފައި. ރޯދަމަހުވެސް އަޅުގަނޑުމެންވާނީ ވަރަށް ގިނަ ފޯމުތަކުގެ ޝަކުވާތައް ބަލަން ފަށާފައި. ފޯމުތަކުގެ ބޮޑު ބައެއް ބެލިއްޖެ. ޓަރގެޓަކީ ވީހާވެސް އަވަހަށް ޝަކުވާތައް ބަލާ ނިންމާލުން," ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ހުށައެޅޭ ހުރިހާ ޝަކުވާތަކެއް ބަލައި، އިންސާފުވެރިކަމާއެކު ނިންމުންތައް ނިންމާނެ ކަމަށެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މިރޭ 12:00 އަށް ހަމަވާނެއެވެ.

މިއަދު އޮންލައިން