ޕެންޝަން އޮފީހުން ތަޢާރަފްކުރި ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޕެންޝަން އޮފީހުން ތަޢާރަފްކުރި ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އިޖުތިމާޢީ މަޝްރޫޢުތަކާއި ހަރަކާތްތަކަށް ޚާއްސަކޮށްގެން ޕެންޝަން އޮފީހުން ތަޢާރަފްކޮށްފައިވާ ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާޢީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުންކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.

އަހަރަކު އެއްފަހަރު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން، މިއަހަރުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މޭ މަހުގެ 15 ވަނަ ދުވަސްކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކުން އިޖުތިމާއީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝިއަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ހަރަކާތްތަކަށް 200،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ އިޖުތިމާޢީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮގްރާމެއްކަމަށް ބެލެވެއެވެ. ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން މި ފުރުޞަތުގެ ބޭނުން ހިފުމަށް ޕެންޝަން އޮފީހުން ގޮވާލައްވާފައިވެއެވެ.                     

މިއަދު އޮންލައިން