ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި އެމްއެންޔޫ އަދި ޓުވަރިޒަމް މިނިސްޓްރީ އިން ސޮއިކޮއްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި އެމްއެންޔޫ އަދި ޓުވަރިޒަމް މިނިސްޓްރީ އިން ސޮއިކޮއްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ވަނީ އެމްއެންޔޫގެ ލ.ގަމު ކެމްޕަހުގައި "ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް" ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ސްކޮލަރޝިޕް ދޫކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮއްފައެވެ.

މި ސްކޮލަރޝިޕަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލޭންޑްސް (އެންދެރި) ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ސްކޮލަރޝިޕެކެވެ.

މި ސްކޮލަރޝިޕްގެ އެއްބަސްވުމުގައި،އެމްއެންޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން އެ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

ދިރާސާގެ އަލީގައި މުޖުތަމަޢުގައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ހަރުދަނާ ދިރާސާ މާހަޢުލެއް ބިނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަޤްސަދެކެވެ. މި މަޤްސަދު ހާޞިލުކުރުމަށް ދޫކުރެވޭ މިފަދަ ސްކޮލަރޝިޕްތަކަކީ މޫސުމީ ބަދަލުތަކާއި ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިރާސާ މެދުވެރިކޮށް، ޙައްލު ހޯދުމުގެ މަގުފަހިކޮއްދިނުމަށް ދޫކުރެވޭ ސްކޮލަރޝިޕްތަކެކެވެ.

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން