އުރީދޫ ނޭޝަން ގެ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވާން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އުރީދޫ ނޭޝަން ގެ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ ނޭޝަންގެ އިންޓަރ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. އޭޕްރީލް މަހުގެ 27 އިން 30 އަށް ކުރިއަށްދާ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކުން ވާދަކުރުމަށް ތައްޔާރުވާނެ ކަމަށް އުއްމދު ކުރަމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެއެވެ..

މުޅިން އޮންލައިން ކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ވެސް ލިބޭއިރު، ޕަބްޖީ އަށް އަދި މޮބައިލް ލެޖެންޑްސް އަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މި ޕްރައިޒް ޕޫލް ބަހާލެވިފައިވަނީ ތިރީގައިމިވާ ގޮތަށެވެ.
1 ވަނަ: 5000 ރުފިޔާ
2 ވަނަ: 3000 ރުފިޔާ
3 ވަނަ: 2000 ރުފިޔާ

ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާއިރު، އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުމެވެ. މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެކެވެ.

އިތުރު މައުލޫމާތާއި އަޕްޑޭޓްތަކާއި ލައިވް ކަވަރޭޖަށް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ފޮލޯކޮށްލާށެވެ.

މިއަދު އޮންލައިން