ގިނަ ޒުވާނުންގެ ޢުމުރުން 30 އަހަރުވާއިރު 60 އަހަރުން ކަންފަތިވާންޖެހޭ ވަރަށް ސިކުނޑި ކަންފަތިވުން- ޞިއްޙީ ގިނަ މައްސަލަތެކެއްގެ ސަބަބު! ޙައްލުވެސް މިއޮތީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ގިނަ ޒުވާނުންގެ ޢުމުރުން 30 އަހަރުވާއިރު 60 އަހަރުން ކަންފަތިވާންޖެހޭ ވަރަށް ސިކުނޑި ކަންފަތިވުން- ޞިއްޙީ ގިނަ މައްސަލަތެކެއްގެ ސަބަބު! ޙައްލުވެސް މިއޮތީ!

މީގެ އަހަރުތަކެއް ކުރިޢާއި އަޅައިބަލާއިރު ހިތުގެ ބޮޑެތި ބަލިތައް ޖެހޭ މީހުންނާއި ސްޓްރޯކް ޖެހުން މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ޚާއްޞަކޮށް ޒުވާން ޢުމުރުގައި މައްސަލަތައް ކުރިމަތިވާ ޢަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. 

މިކަމުގެ އެންމެ ޢާންމު ސަބަބެއް ކަމަށް ބެލެވެނީ ކެއުން ބުއިމަށާއި ކައިބޮއި ހަޑާތަކެއްޗަށް ގެނެވުނު ނުބައި ބަދަލުތަކެވެ. އަނގައަށް މީރުތަކެތި ކެއުން ގިނަކުރުމެވެ. ތައްޔާރީ ކާނާގެ ބާވަތްތައް ކެއުން އިތުރުވުމެވެ. އެކަންކަމަށް ދެކޮޅު ހަދާކަށް ނެތީމެވެ. ނަމަވެސް އަހުރެން ﷲާހަގަކުރަން ބޭނުންވަޏީ އެއަސްވުރެ މާބޮޑު މައްސަލައެކެވެ. 

މިއަދުގެ ގިނަ ޒުވާނުންނަށް ބަލާށެވެ. ޢުމުރުން 30 އަހަރުވާއިރު އެމީހުންގެ ސިކުނޑީގެ ޞިއްހަތު އޮންނަނީ ކުރީގެ 60 އަހަރުގެ މީހެއްގެ ސިކުނޑިއަށްވުރެ މާދަށަށް ވެއްޓިފައެވެ. ސަބަބަކީ މާބޮޑަށް ވިސްނުމެވެ. 

ދެން އުފައްދަން ޖެހޭ ސުވާލަކީ ވިސްނަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެސުވާލަށް ދޭންޖެހޭ ޖަވާބަކީ ގިނައިން ވިސްނަނީ އެކަމަކުން ފައިދާ ނުކުރާނެ ކަންކަމަށް ކަމަށެވެ. މިޘާލަކަށް ލޯބީގެ މައްސަލަތައް، އެކުވެރިން ތިމާއަށްވުރެ ބޮޑު ތަނަވަސްކަމުގައި އުޅޭތީ ފަދަ މައްސަލަތަކުގައި ވިސްނާ ޒުވާނުން ގިނައެވެ. ދިރިއުޅުމުގައި ބާރަށް ކުރިއަށްދާން، ހަރުދަނާ ދިރިއުޅުމެއް އުޅެން ބޭނުންވެގެން ވިސްނުމަށްވުރެ މާބޮޑަށް ކުރިން މިބުނި ޒާތުގެ ކަންކަމަށް ވިސްނައެވެ. 

ވީމާ ރަނގަޅު، އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންނަމަވެސް ހިތަށާއި ސިކުނޑިއަށް ދުޅަހެޔޮކަން ހޯދައިދީ ފުރިހަމަ ޞިއްޙަތުގައި ދެމހިރުމަށްވެސް ތިމާއަށް ޙަޤީޤީ ފައިދާއެއް ނުކުރާނެ ކަންކަމަށް ކަންބޮޑު ނުވެ އުޅެން ދަސްކުރަން އެބަޖެހެއެވެ. ޑޮކްޓަރުންނަށާއި ޢިލްމްވެރިންނަށް ދެވޭނީ ނަޞޭޙަތެވެ. ފައިދާކުރާނީ ޤަބޫލުކުރި މީހަކަށެވެ.

 

- މަޢުލޫމާތު: ޞިއްހީ ކަބަރު 

މިއަދު އޮންލައިން