މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް ޑރ.މުޢިއްޒު

މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު އަދި މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

މަޖީދިއްޔާ ސްކޫލުގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

"މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ތާރީޚީ މުނާސަބަތުގައި، ރައީސް މުޢިއްޒު ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް އަދި ޚިދުމަތްތެރީންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި މަޖީދިއްޔާގެ ސްކޫލް ލަވައިން ބައިތެއް ޙިއްސާކުރައްވައި، މި "މަތިވެރި ޢިލްމީ ޢިމާރާތް" ތަކަށް ޙަޔާތާއި އުޖާލާކަން އެދިވަޑައިގަތެވެ.

މަޖީދިއްޔާ ސްކޫލަކީ 1927 ވަނަ އަހަރު އުފެދުނު، ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ. މި ސްކޫލުން ވަނީ ގިނަ އަދަދެއްގެ ޤައުމީ ލީޑަރުންނާއި، ކާމިޔާބު ވިޔަފާރިވެރިންނާއި، އަދި ފާހަގަކޮށްލެވޭ އެތައް ޝަޚްޞިއްޔަތުތަކެއް އުފައްދާފައެވެ.

މިއަދު އޮންލައިން