ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 9 ފަރާތަކުން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 9 ފަރާތަކުން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ދަސްވެނިވުން 2025 ގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 9 ފަރާތަކުން ވަނީ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ސޮސައިޓީގެ 8 ފަރާތަކުންވެސް މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާކަމަށެވެ. އޭގެތެރެއިން، އެ ސޮސައިޓިގެ ރައީސް ހުސައިން ޝަރީފް ވެސް ވަނީ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މި ފަރާތްތަކުން ހާސިލުކުރެއްވި ކާމިޔާބީ އަކީ، ހަޔާތުގައި ކިތަންމެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް، ހިތްވަރާއި ސާބިތުކަމާއެކު ކުރާ ހުރިހާ މަސައްކަތެއްގެ ވެސް ފޮނި ނަތީޖާ ނެރެވޭނެކަމުގެ ފުރިހަމަ މިސާލެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން