ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިވޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިވޭ: ވަޒީރު

ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ ޝައުޤުވެރިކަން ބޭރުގެ އިންވެސްޓަރުން ދަނީ ފާޅުކުރަމުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މި ވާހަކަހަކަ ވަޒީރު ވިދާޅުވީ އިއްޔެ ރޭ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ބޭރުގެ އިންވެސްޓަރުން މި ފަދަ ހޮސްޕިޓަލެއް އެޅުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ އިރު، ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ ޕްރޮޕޯސަލްތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރިސޯޓެއްގައި ހޮސްޕިޓަލަކާއި، ފަރުވާދެވޭނެ ޚިދުމަތްތަކާއި، އަދި މީހުން ތަމްރީނުކުރެވޭނެ ކޮލެޖެއް ހިމެނޭ ގޮތަށް ތަރައްޤީކުރުމުގެ ހުށަހެޅުންތައްވެސް ހިމެނެއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން މި ދަނީ އެކްސްޕްލޯވެސް ކުރަމުން. އެކަން އެގޮތަށް ކުރެވިއްޖެނަމަ ހިނގައިމު ކަމަށް ވާނެ،" ވަޒީރު ނާޡިމް ވިދާޅުވިއެވެ. މި ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޞިއްޙީ ވަޒީރު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މެޑިކަލް ޓޫރިޒަމްގެ ދާއިރާ ފުޅާ ދާއިރާއެއްގައި ކުރިއެރުވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައެވެ.

މި ތަރައްޤީއާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން