އެކުއަކަލްޗަރ ކުރުމުގެ ގަވާއިދަށް އިތުރު އިސްލާހެއް ގެއް ގެނެސްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެކުއަކަލްޗަރ ކުރުމުގެ ގަވާއިދަށް އިތުރު އިސްލާހެއް ގެއް ގެނެސްފި!

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އެކުއަކަލްޗަރ ކުރުމުގެ ގަވާއިދަށް އިތުރު އިސްލާހެއް ގެއް ގެނެސްފިއެވެ. މި އިސްލާހާއެކު، އެކުއަކަލްޗަރގެ މަސައްކަތް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ފަޅުތަކާއި، ކަނޑުގެ ސަރަޙައްދުތައް ކުއްޔަށް ދޫކުރުމުގެ މަގު ފަހިވެގެން ގޮސްފައިވެއެވެ.

2020 ވަނަ އަހަރު އެކުލަވާލެވުނު އެކުއަކަލްޗަރ ކުރުމުގެ ގަވާއިދަށް ގެނެވުނު މި އިސްލާހުގެ ދަށުން، އެކުއަކަލްޗަރގެ މަސައްކަތަށް ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭނީ ދިވެހި ރައްޔިތުންނަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކަށާއި، ކޯޕަރޭޓް ސޮސައިޓީތަކަށެވެ.

މި ގަވާއިދުގެ ދަށުން ސަރަޙައްދެއް ކުއްޔަށް ދޫކުރުމުގައި ވަކި ޚާއްސަ ޝަރުތުތަކެއް ފުރިހަމަ ވާންޖެހެއެވެ. އޭގެ ތެރޭގައި، ކުއްޔަށް ހިފަން ހުށަހަޅާ ސަރަޙައްދުގައި ކުރަން ގަސްދުކުރާ މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށްވުމާއި، ކުއްޔަށް ހިފަން އެދޭ ފަރާތަކީ އެކަމަށް މާލީގޮތުންނާއި ފަންނީގޮތުން ޤާބިލު ފަރާތަކަށްވުން ހިމެނެއެވެ.

ސަރުކާރުން އެކުއަކަލްޗަރގެ މަސައްކަތް ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ދަނީ ކުރިއަށެވެ. މި އިސްލާހާއެކު، އިތުރު ގިނަ ފަރާތްތަކަކަށް މި ދާއިރާއަށް ވަދެ، އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން