ރައީސް މުޢިއްޒު ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރައީސް މުޢިއްޒު ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފި

ސަރުކާރުގެ މުހިންމު މަޢުލޫމާތު ހިއްސާކުރެއްވުމަށް ރަސްމީ ވަޓްސްއެޕް ޗެނަލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ. މި ކަން އެމަނިކުފާނު ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ސަރުކާރުގެ އަދާހަމަ ޚަބަރުތަކާއި މުހިންމު މައުލޫމާތު އަދި މެސެޖުތައް ހިއްސާ ކުރައްވާނެއެވެ. އަދި މި ޗެނަލާ ގުޅުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައިވެއެވެ.

https://www.whatsapp.com/channel/0029Vb7dgib6mYPPWd4SRM1N

މި އައު ވަޓްސްއެޕް ޗެނަލަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ގާތްގުޅުމެއް ޤާއިމްކޮށް، ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ޗެނަލްގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ ޚަބަރުތަކާއި މަޢުލޫމާތު ލިބުން ފަސޭހަވެ، ސަރުކާރުގެ ހަރަކާތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވާނެ ކަމަށް އުންމީދު ކުރެވެއެވެ.

މީގެ އިތުރުން، ދައުލަތުގެ އެކި ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި އެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ސުވާލުތަކާއި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް "އަހާ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވާފައެވެ.

މިއަދު އޮންލައިން