ތިލަފުށީގައި ތަރައްޤީކުރާ ކެމިކަލް ގުދަންތަކުގެ ޢަމަލީ މަސައްކަތް ނިމުމަކާހަމައަށް ވަނީ އައިސްފަ: އެޗްޑީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތިލަފުށީގައި ތަރައްޤީކުރާ ކެމިކަލް ގުދަންތަކުގެ ޢަމަލީ މަސައްކަތް ނިމުމަކާހަމައަށް ވަނީ އައިސްފަ: އެޗްޑީސީ

ތިލަފުށީގައި ތަރައްޤީކުރަމުންދާ އިތުރު 18 ކެމިކަލް ގުދަނުގެ ޢަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި 18 ގުދަނުގެ ކޮންމެ ގުދަނެއްގައި 1000 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ. އަދި މި ގުދަންތައް ތަރައްޤީކުރަނީރަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނި ގޮތުގައި މި ގުދަންތައް ތަރައްޤީކޮށްފައިވަނީ 90 މިނެޓު ވަންދެން އަލިފާން ނުހިފާ ހުންނަފަދަ ޕާޓިޝަން އަދި ސްޓްރަކްޗަރ ނުވަތަ ފަޔަރ-ރޭޓެޑް ސްޓްރަކްޗަރ ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އަލިފާން ނިއްވާ ނިޒާމުތަކާއި، ސީސީޓީވީ ކެމެރާ ސިސްޓަމްތަކާއި، ސެކިއުރިޓީ ރޫމްގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްޞަ ނިޒާމާއި އެނޫންވެސް މުހިންމު ޚިދުމަތްތައް މި ތަނުގައި ޤާއިމުކުރެވިފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ތިލަފުށީގައި ކެމިކަލް ގުދަން ތަރައްޤީކޮށް، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވަނީ 2019 ވަނަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއަށް ފަހުގައެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ބުރުގައި ތަރައްޤީކުރި 34 ކެމިކަލް ގުދަން މިހާރު ބޭނުންކުރަމުން އަންނަ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.


މިއަދު އޮންލައިން