މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އަމަލީ ޕްލޭނެއް ވަނީ އެކުލަވާލާފައި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އަމަލީ ޕްލޭނެއް ވަނީ އެކުލަވާލާފައި: ރައީސް

މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އަމަލީ ޕްލޭނެއް ވަނީ އެކުލަވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ކެބިނެޓް ބައްދަލުވުމަށްފަހު، ރައީސް މުޢިއްޒު އެމަނިކުފާނުގެ ވަޓްސްއެޕް ޗެނަލްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއެކު މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ވަރކިންގ ސެޝަން ވަނީ ވަރަށް ކާމިޔާބު ވެފައި ކަމަށެވެ.

"އަޅުގަނޑުގެ މެނިފެސްޓޯގައި ހިމެނޭ އަދި ރިޔާސީ ކެމްޕޭނުގައި ވައުދުވި ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފުރިހަމަ، ތަފްސީލީ އަދި އަމަލީ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ވަނީ ރަނގަޅަށް ކުރިއަށްދަމުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތާރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި، އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާ ކަންކަން މިއަދުގެ ވަޒީރުންގެ ބައްދަލުވުމުގައި ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ތަރައްގީގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އިޖްތިމާޢީ އަދި އިގްތިސާދީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

މިއަދު އޮންލައިން