ކުރިމަތިވާ މާލީ ދަތިކަމަކާހުރެ ކަންބޮޑުވެއްޖެނަމަ އެކަމުގެ އަސަރު 3 މަސްދުވަހަށް ހުރޭ! ޞިއްހަތަށް ނުރައްކާކުރޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުރިމަތިވާ މާލީ ދަތިކަމަކާހުރެ ކަންބޮޑުވެއްޖެނަމަ އެކަމުގެ އަސަރު 3 މަސްދުވަހަށް ހުރޭ! ޞިއްހަތަށް ނުރައްކާކުރޭ!

ގިނަ ބައަކަށް އެންމެ ބޮޑަށް އަސަރުކުރަނީ މާލީ ގޮތުން ދަތިތައް ކުރިމަތިވުމުންނެވެ. ދިރާސާތައް ދައްކާ ގޮތުން ކުރިމަތިވާ މާލީ ދަތިކަމަކާއިހުރެ ކަންބޮޑުވެއްޖެނަމަ އެކަމުގެ އަސަރު 3 މަސްދުވަހަށް ދެމިގެންދެއެވެ. އަދި އެކަމުގެ ސަބަބުން ޞިއްހަތަށް ނުރައްކާކުރެއެވެ. 

ޞިއްހަތަށް ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކަލުގެ ތެރޭގައި ލޭމައްޗަށްދާން ފެށުމާއި ހިތަށް ޖެހޭ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން މިފަދަ ކަންބޮޑުވުމަކާއި ގުޅިގެން ބަނގުރާ ނުވަތަ އެނޫންވެސް މަސްތުވާ އެއްޗެއް ބޭނުންކުރަން ފަށައިފިނަމަ ނުރައްކާ ބޮޑުތަނުން އިތުރުވެގެންދެއެވެ. 

އެހެންވެ ޑޮކްޓަރުން އިލްތިމާސްކުރަނީ މާލީ ދަތިކަމެއް ކުރިމަތިވިޔަސް އެހައި ބޮޑަ ކަންބޮޑުނުވުމަށެވެ. އެކަމުގެ ސަބަބުން ޞިއްޙަތަށް ލިބޭ ގެއްލުން ބޮޑުކަމުންނެވެ.

- މަޢުލޫމާތު: ޞިއްޙީ ޚަބަރު 

މިއީ މިކަމާއިބެހޭ ރިޕޯޓުގައި އޮތް އެންމެ ފާހަގަކޮށްލެވޭ 2،3 ނުކުތާއެވެ. ޑޮކްޓަރުން އެދައްކަނީ ޞިއްހީ ގޮތުން ފާހަގަކުރެވޭ މައްސަލަތަކެވެ. މިމައްސލަތައް މިގޮތަށް މެދުވެރިޥާނެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ލިބޭ މިންވަރަށް ޝުކުރުވެރިވުމަށާއި ދަތިޙާލަތެއް ކުރިމަތިވިޔަސް ކެތްތެރިވުމަށާއި އަދި ތިމާއަށް އެކަމެއްގެ މައްޗަށް ބާރު ނުހިންގޭ ކަންކަމުގައި ވިސްނަމުން ގޮސް މީހާ ހަލާކުވާވަރަށް ނުވިސްނަން ދީނުގައި އޮތީ އެހެންވެގެންނެވެ. 

މިއަދު އޮންލައިން