ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމަށް އާރުޑީސީ އާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމަށް އާރުޑީސީ އާއި ހަވާލުކޮށްފި

ޅ. ނައިފަރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމަށްޓަކައި އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކު ސޮއިކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފްއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު އަސްބާހް އަލީ ނަސީރުއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވުނު މި ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 7,711,200/00 ރުފިޔާ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލްގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރެވިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތު، ދާއިރާގެ މެމްބަރު އަދި އާރުޑީސީ ގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން