އިންޑިޔާގެ އަވަށަކަށް ދިން ނިރުބަވެރި ހަމަލާގައި ނިޔާވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
އިންޑިޔާގެ އަވަށަކަށް ދިން ނިރުބަވެރި ހަމަލާގައި ނިޔާވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އިންޑިޔާގެ ޕަހަލްގަމް އަވަށަށް ނިރުބަވެރި ޖަމާޢަތަކުން ދިން ނުރައްކާތެރި ހަމަލާގައި ނިޔާވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި ކުއްލި ހައިރާންކަމާއެކު ކަމަށެވެ. އަދި "ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ނިރުބަވެރިކަމާއި އެކަމާ ގުޅުންހުރި އެންމެހާ ޢަމަލުތަކާ ދެކޮޅަށް" ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނުރައްކާތެރި ހަމަލާގައި 28 ފަތުރުވެރިން މަރުވެފައިވާއިރު، 20 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާއަކީ ޕަހަލްގަމް އަވަށަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހަމަލާގައި ނިޔާވި މީހުންގެ ޢާއިލާތަކަށާއި، ޒަޚަމްވި މީހުންގެ ޢާއިލާތަކަށް އަދި އިންޑިޔާ ސަރުކާރަށް ތަޢުޒިޔާ ދަންނަވާފައެވެ.

މިއަދު އޮންލައިން