ބިރަކާ ނުލައި މަޖާކުރުން ޕްރޮމޯޓުކުރި މީހުން މިހާރު ހިނގައިގުން އުޅޭ ހާދިސާގެ ޒިންމާ ނަގަންޖެހޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބިރަކާ ނުލައި މަޖާކުރުން ޕްރޮމޯޓުކުރި މީހުން މިހާރު ހިނގައިގުން އުޅޭ ހާދިސާގެ ޒިންމާ ނަގަންޖެހޭނެ: ރައީސް

ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓުކުރި މީހުން މިހާރު ހިނގަމުންދާ ހާދިސާގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "މިހާރު ހިނގަމުންދާ ހިތާމަވެރި ހާދިސާއާމެދު ވިސްނާލާއިރު، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ގޮތުގައި، ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓުކުރި މީހުން" ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކާއި އުސޫލުތަކަކީ މުހިންމު ކަމެއް ނޫން ކަމަށް ދައްކައި، ޒުވާނުން ބޭނުން ގޮތަކަށް އުޅުމަށް ހިތްވަރުދިން ފަރާތްތަކުން މިހާރު ސިޔާސީ ބޭނުމަށް ނުކުމެ ޒުވާނުން މިސްޔޫސްކުރަމުންދާ ދިޔުމަކީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

މި ސްލޯގަނަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭނުންކުރި ސްލޯގަނެކެވެ.

ސިޔާސީ ގޮތުން އެކިއެކި ކަންކަން ހިންގަން އުޅޭ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން