އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ރައުދު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ރައުދު ހައްޔަރުކޮށްފި

ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ގ. އެރިއަދޫގެ ރައުދު އަހުމަދު ޒިލާލް، ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 6:20 ހާއިރު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަސްތުވާތަކެއްޗަށް ތަހުލީލުކުރުމަށް ކުޑަކަމުދާތަކެތި ނުދޭތީ، އެކަމަށް ވެސް ކޯޓު އަމުރަކަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުރުން މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުން ބަލައި ފާސްކުރަން ފެށީ ވެސް މިއަދުއެވެ.

މި މައްސަލައިގައި ރައުދު އަހްމަދު ޒިލާލުއާއި، އިމާރާތުން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހިމެނޭހެން، ޖުމްލަ 7 މީހެއްގެ ފޯނު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިއަދު އޮންލައިން