އެތެރޭގެ އުދުހުންތަކަށް ޚާއްސަ މުލީގައި އެއަރޕޯޓަށް ޓެސްޓު ފްލައިޓް މިއަދު ޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
އެތެރޭގެ އުދުހުންތަކަށް ޚާއްސަ މުލީގައި އެއަރޕޯޓަށް ޓެސްޓު ފްލައިޓް މިއަދު ޖައްސައިފި

މުލަކަތޮޅު މުލީގައި އަލަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓުގެ މަސައްކަތް ނިމި، އެއަރޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓް މިއަދު ޖައްސައިފިއެވެ. މިއީ މުލަކަތޮޅުގައި ޤާއިމުކުރެވުނު ފުރަތަމަ އެއަރޕޯޓެވެ.

މުލީ އެއަރޕޯޓަށް ޓެސްޓު ފްލައިޓެއްގެ ގޮތުގައި ޖައްސާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މި ޓެސްޓު ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ.

2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ.

ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މައުލޫމާތު ދެއްވިގޮތުގައި، އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަކަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދެއެވެ.

މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިފެށޭ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އެއަރޕޯޓް ހުޅުވުމާއެކު މުލަކަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ބޮޑުތަނުން ލިބިގެންދާނެއެވެ.

މިއަދު އޮންލައިން