މެއިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ މައުރަޒު ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މެއިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ މައުރަޒު ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހާމަކުރި ގޮތުގައި މި މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި މެއިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމެވެ.

ބީސީސީން ފާހަގަކުރި ގޮތުގައި މި މައުރަޒުގެ ކުރީގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހެވެ. ނަމަވެސް އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިޤްތިޞާދީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި މައުރަޒުގެ އެންމެހައި ކަންކަން ހިންގަނީ ބީސީސީންނެވެ. މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމާއި، ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު މައުރަޒެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން