ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތައް ވަގުތީގޮތުން، ފަރުހާދު ފިކުރީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތައް ވަގުތީގޮތުން، ފަރުހާދު ފިކުރީއާ ހަވާލުކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.

މިކަން އިއުލާނު ކުރައްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، "ފުލުހުންގެ ޤާނޫނުގެ ދަށުން އެ މަޤާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު" ކަމަށެވެ.

ފަރުހާދު ފިކުރީއަކީ 32 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވާފައިވާ އިސް އޮފިސަރެކެވެ. އެމަނިކުފާނު ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1991 މާރިޗު 30 ވަނަ ދުވަހުއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ދާއިމީ ބޭފުޅަކު އައްޔަންކުރެވެންދެން، ފުލުހުންގެ އެންމެ އިސް ވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީއެވެ.

މިއަދު އޮންލައިން