މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ!

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ފަށައިފިއެވެ. 

ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31އ) އެވެ. 

2025 އޭޕްރީލް 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހު 20:00 އެހައިކަންހާއިރުއެވެ. 

ފާޠިމަތު ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.  

ފާޠިމަތު ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިއަދު އޮންލައިން