މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސައުދީ ސަރުކާރަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސައުދީ ސަރުކާރަށް ހުށަހަޅައިފި

ދިވެހި ހައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިއްޖެނަމަ، ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގެ ޖިއްދާ އެއަރޕޯޓުގައި މަޑުކުރަން ނުޖެހި، ސީދާ އެމީހުންގެ ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިން ރާއްޖެއިން ފުރާއިރު، ސައުދީ އެއަރޕޯޓުގައި ކުރަންޖެހޭ އެންމެހައި ކަންކަން ވެސް ނިންމާފައި ފުރޭނެއެވެ.

މިހާތަނަށް މި ޚާއްޞަ ފުރުޞަތު ލިބިފައިވަނީ ޖުމުލަ ހަތް ޤައުމަކަށެވެ. މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، މި ފުރުޞަތު ރާއްޖެއަށް ލިބޭނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

"ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް،" މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަން ހާސިލުކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިއްޖެނަމަ، އެއީ ދިވެހި ހައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ދަތުރުފަތުރުގެ ވަގުތު ކުރުވެ، ހައްޖުވެރިންނަށް ތަހައްމަލުކުރަންޖެހޭ ދަތިތައް ކުޑަވެގެންދާނެއެވެ.

 

އިތުރު މަުލޫމާތު:

https://saudipedia.com/en/article/444/religion/hajj-and-umrah/makkah-route-initiative

މިއަދު އޮންލައިން