އުރީދޫއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އުރީދޫއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗް ބޭނުންކުރާ ކަސްޓަމަރުންނަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތުގެ ސަބަބުން އެޕަލް ވޮޗް ސެލިއުލަރ ސަރވިސްގެ ދަށުން އުރީދޫ އީސިމްގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ.

އުރީދޫއިން މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ޚާއްސަ އޮފަރއަކާ އެކުގައެވެ. މި އޮފަރގެ ދަށުން، އަލަށް މި ޚިދުމަތް ނަގާ ފަރާތްތަކަށް ފުރަތަމަ ހަ މަސްދުވަހުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ. އަދި އޭގެ ފަހުން މަހަކު 200 ރުފިޔާއަށް މި ޚިދުމަތް ލިބެން ހުންނާނެއެވެ.

މި ޚިދުމަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް އައިފޯނެއް ކައިރީގައި ނެތް ހާލަތުގައިވެސް ސީދާ އެޕަލް ވޮޗުން ކޯލްކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. މި ޚިދުމަތް އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެއެވެ.

މީގެއިތުރުން، އެޕަލް ވޮޗް ގަންނަން ބޭނުންވާ ފަރާތްތަކަށް އުރީދޫގެ އިތުބާރުހުރި ރީޓެއިލް ޕާޓްނަރުން މެދުވެރިކޮށް މޫލީގެ ޚިދުމަތް ބޭނުންކޮށްގެން އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ މޮޑެލްތައް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު އަދި ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފްސީލް ore.do/applewatch އިން ލިބެން ހުންނާނެ ކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން